އާދިއްތަ, November 15
އޮކްޓޫބަރު 20ގެ ނިޔަލަށް ވައި ބާރުވެ ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް އެދެފި

އަންނަ ހޯމަ ދުވަހާ ހަމައަށް ރާއްޖޭގެ މޫސުން ގޯސްވެ، ވައި ބާރުވެ ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން އެދެފިއެވެ.

މެޓް އޮފީހުން މިއަދު ވަނީ ރާއްޖޭގެ ސަރަހައްދަށް އަދިވެސް ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ވައި ބާރުވުމާއެކު ކަނޑުތައް ގަދަވެ، ވިއްސާރަކުރާނެ ކަމަށް ލަފާ ކުރެވޭތޯ، އެންމެން އަދި ޚާއްޞަކޮށް ދަތުރުވެރިން، މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު އަދާހަމަ ކުރުމާއެކު މޫސުމަށް ސަލާމުވުމަށް އިލްތިމާސްކޮށްފައެވެ.

މެޓް އޮފީހުން ރާއްޖެއަށް ވައި ބާރުވެ، ވިލާގަނޑުގައި އިތުރަށް ގަދަވެގެންދާނެ ކަމަށާއި، އާންމުކޮށް ކަނޑުތައް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް ލަފާކޮށްފައެވެ.

މީގެ އިތުރުން ރާއްޖޭގެ އެކި ހިސާބަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށާއި، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު