Saturday, October 31
5 މިލިއަން ގަސް މަޝްރޫޢު: ރަތަފަންދޫގައި ގަސް އިންދުމުގެ ހަރަކާތެއް ހިންގައިފި
"5 މިލިއަން ގަސް އިންދުމުގެ ގައުމީ މަޝްރޫޢު"ގެ ދަށުން ގދ. ރަތަފަންދޫއަށް ހަދިޔާ ކުރެވުނު ގަސްތައް އިންދުމުގެ ޙަރަކާތެއް މިއަދު އެރަށުގައި ހިންގައިފިއެވެ. ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ބުނީ މިއީ ރަތަފަންދޫ ކައުންސިލާއި، ރަށުގެ ސަރުކާރުގެ މުއައްސަސާތަކުގެ އިތުރުން ރަށު ރައްޔިތުން ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށާއި، މި ހަރަކާތުގެ ތެރެއިން ރަށުގެ އެކި ސަރަހައްދުތަކުގައި ތަފާތު ވައްތަރުގެ ގަސްތައް އިންދާފައިވާ ކަމަށެވެ. އެ ވުޒާރާއިން ބުނީ މި މަޝްރޫޢުގެ މައިގަނޑު މަޤުޞަދަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް، ޤުދުރަތީ ރީތިކަން ދެމެހެއްޓުމަށް މަގުފަހިކުރުން ކަމަށާއި، ރަށްތަކުގެ ހިތްފަސޭހަކަން އިތުރުކޮށް، ތިމާވެށީގެ ގޮތުން ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށްވެސް މި މަޝްރޫޢުގެ ދަށުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު