އާދިއްތަ, November 15
ހުޅުމާލޭގައި ހަލާކުވެފައިވާ އަދި ބޭނުންނުކޮށް ގިނަދުވަސް ވެފައިވާ އުޅަނދުތަކުގެ މައުލޫމާތު އެއްކޮށްފި

ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި، ހަލާކުވެފައިވާ އަދި ބޭނުންނުކޮށް ގިނަދުވަސް ވެފައިވާ އުޅަނދުތަކުގެ މައުލޫމާތު އެއްކުރުމަށް ހާއްސަ މަސައްކަތްތަކެއް ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ މި އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހު ހުޅުމާލޭ ފުލުހުން ކުރިއަށްގެންދިޔަ މި މަސައްކަތުގެ ތެރެއިން 716 އުޅަނދު ދެނެގަނެވިފައިވާ ކަމަށެވެ.

އަދި މީގެ ތެރޭގައި ހިމެނެނީ ކާރާއި ސައިކަލުގެ އިތުރުން ޕިކަޕް އަދި ވޭނެއް ކަމަށާއި، މި މައުލޫމާތު ކަމާ ގުޅުންހުރި އިދާރާތަކާ މިހާރު ހިއްސާކޮށްފައިވާ ކަމަށެވެ.

ފުލުހުން ހާމަކުރި ގޮތުގައި މިއީ ފުލުހުންނާއި، އެޗްޑީސީއާއި، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއާއި ކަމާގުޅުންހުރި އެހެނިހެން އިދާރާތައް ގުޅިގެން، ހުޅުމާލޭގެ މަގުތައް ތަރުތީބުކުރުމާއި މަގުތަކަކީ އަމާން ރައްކާތެރި ތަނެއްގެ ގޮތުގައި ބޭއްވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު މަސައްކަތެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު