އާދިއްތަ, November 15
އަޑިއަށްދިޔަ ލޭންޑިންގ ކްރާފްޓްގެ ބައިތައް އޮޔާދާތީ ސަމާލުވާން އެދެފި

އަޑިއަށްދިޔަ ލޭންޑިންގ ކްރާފްޓްގެ ބައިތައް އޮޔާދާތީ ސަމާލުވާން އެދެފިއެވެ.

އެމްއެންޑީއެފުން ބުނީ ކ. ތުޅާގިރީގެ އިރުދެކުނުން 1.3 ނޯޓިކަލް މޭލުން ލޭންޑިންގ ކްރާފްޓެއް ބަންޑުންޖަހާލައި އަޑިއަށްގޮސް އުޅަނދުގެ ބައެއްތަކެތި އޮޔާދާތީވެ، މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުކަން ދެއްވުމަށް އިލްތިމާސްކުރާ ކަމަށެވެ.

އެމްއެންޑީއެފުން ލަފާކުރާ ގޮތުގައި މިތަކެތި އޮޔާދާނީ ތުޅާގިރީގެ އިރުމައްޗަށް ވާގޮތަށެވެ.

އެހެންކަމުން މި ސަރަހައްދުން ދަތުރު ކުރައްވާ ހުރިހާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު