އާދިއްތަ, November 15
ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި މީހަކު ނިޔާވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި މީހަކު ނިޔާވުމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސް މިއަދު އެކްސް މެދުވެރިކޮށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ކޮޅުވެއްޓިއެއް ބަންޑުންޖެހުމުގެ ހިތާމަވެރި ޙާދިސާއެއް ރޭ ހިނގައި، އެ އުޅަނދުން ދަތުރުކުރި އެކަކު ނިޔާވެފައި ވަނިކޮށް ފެނުނު ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ.

"މަރްޙޫމަށް ﷲގެ ރުއްސެވުމާއި ފުއްސެވުމަށް އެދި ދުޢާކޮށް، އެ ޢާއިލާއަށް ކެތްތެރިކަން މިންވަރުކޮށް ދެއްވުން އެދެން"، ރައީސް ވިދާޅުވެފައިވެއެވެ.

"މި ޙާދިސާގައި ގެއްލިފައިވާކަމަށް މިހާތަނަށް ފާހަގަކުރެވިފައިވާ 2 މީހުން ހެޔޮ ޙާލުގައި ތިއްބާ ފެނުން އެދި ދުޢާކުރަން. އަދި، މިހާތަނަށް ސަލާމަތްވި މީހުންނަށް ކުރިމަތިވި ޞިއްޙީ އަދި ނަފްސާނީ ދަތިތަކަށްވެސް އަވަހަށް ޝިފާ ލިބި، ޢާއްމު ޙާލަތަކަށް އައުމަށް އެދި ދުޢާކުރަން"، އެމަނިކުފާނުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ރައީސް ވަނީ މި ހުރިހާ ފަޅުވެރީންގެ ޢާއިލާތަކަށްވެސް ކެތްތެރިކަން ދެއްވުމަށް އެދިވަޑައިގަންނަވަމުން، އިރާދަކުރެއްވިއްޔާ، ހުރިހާ ފަޅުވެރީންނާމެދުވެސް ދެވެން އޮތް ހުރިހާ އަޅައިލުމަކާއި އެހީތެރިކަމެއް، އަދި ގެއްލިފައިވާ މީހުން ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ޚާއްޞަ ސަމާލުކަމަކާއެކު ކުރަމުން ގެންދާނެ ކަމުގައި ވިދާޅުވެފައެވެ.

އަދި މޫސުން ގޯސް ޙާލަތްތަކުގައި، ކަމާބެހޭ އިދާރާތަކުގެ އިލްތިމާސްތަކަށް އިޖާބަ ދިނުމަށާއި، ދަތުރުމަތީގެ ރައްކައުތެރިކަން ހުރިހާ ގޮތަކުން ކަށަވަރު ކުރުމަށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކަށް އެމަނިކުފާނު ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު