އާދިއްތަ, November 15
ރޭ ބަންޑުން ޖަހާލި ލޭންޑިންގ ކްރާފްޓުން ދަތުރުކުރި މީހަކު ނިޔާވެއްޖެ

ރޭ ބަންޑުން ޖަހާލި ލޭންޑިންގ ކްރާފްޓުން ދަތުރުކުރި މީހަކު ނިޔާވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ މާލެއިން ފުރައިގެން އެރިޔަދޫއަށް ދަތުރުކުރި "އަލްމާކް-ފިޔަ" ނަމަކަށް ކިޔާ 100 ފޫޓުގެ ލޭންޑިންގ ކްރާފްޓެއް ވަނީ ބަންޑުން ޖަހާލައިފިއެވެ. މި ލޭންޑިންގ ކްރާފްޓުގައި ހަތް މީހަކު ދަތުރުކުރިއިރު، މި އުޅަނދުން ދަތުރުކުރި ހަތަރު މީހަކު ވަނީ ސަލާމަތްކޮށްފައެވެ.

މީގެ އިތުރުން ބަންޑުން ޖަހާލި "އަލްމާކް-ފިޔަ" ލޭންޑިންގ ކްރާފްޓް އަޑިއަށް ގޮސްފައިވާ ކަމަށާއި، އެ އުޅަނދުން ގެއްލުނު ތިން މީހުންގެ ތެރެއިން އެކަކުގެ ހަށިގަނޑު އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ކަނޑުގެ އަޑިން ނަގާފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

ފުލުހުން މިއަދު ހާމަކުރި ގޮތުގައި ނިޔާވި މީހާގެ ހަށިގަނޑު ފެނިފައިވަނީ މިއަދު ހެނދުނު 8:04 ހާއިރު ކަމަށެވެ. ފުލުހުން ދަނީ މި މައްސަލަ ތަޙުޤީޤު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު