އާދިއްތަ, November 1
ދޮންފަނުގައި އިމާރާތްކުރެވޭ އެންމެ އުސްމިން ކަނޑައަޅައިފި
ބ. ދޮންފަނުގައި އިމާރާތްކުރެވޭ އެންމެ އުސްމިން ކަނޑައަޅައިފިއެވެ. ދޮންފަނު ކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ ޕްލޭނިންގ ގަވާއިދެއް ނެތް ރަށްރަށް ނުވަތަ ފަޅުފަޅުގައި އިމާރާތް ކުރަންވީގޮތުގެ ގަވާއިދަށް ގެނެވުނު 2 ވަނަ އިސްލާހުގައިވާ ގޮތުގެ މަތިން، ބ. ދޮންފަނުގައި އިމާރާތް ކުރެވޭނެ އެންމެ އުސްމިނަކީ 18.5 މީޓަރު ކަމަށް އެ ކައުންސިލްގެ 4 ވަނަ ދައުރުގެ 202 ވަނަ އާންމު ބައްދަލުވުމުން ނިންމާފައިވާ ކަމަށެވެ.

މި ނިންމުން ނިންމާ، ނިންމުމަށް ޢަމަލުކުރަން ފެށުމުގެ ކުރިން ޢިމާރާތްކުރުމުގެ ހުއްދަ ކައުންސިލުން ދޫކޮށްފައިވާ ފަރާތްތަކުގެ މައްޗަށް ނުވަތަ އެފަރާތްތަކުން ކޮށްފައިވާ ކަމެއްގެ މައްޗަށް މި ނިންމުމެއް ނުހިނގާނެ ކަމަށްވެސް ކައުންސިލުން ބުންޏެވެ.

އަދި މިނިންމުމަށް ޢަމަލުކުރާ ތާރީޚުގެ ކުރިން ހުއްދަ ނުދެވިވާ ކުރެހުންތަކަށް، ދެން ހުއްދަ ދެވޭނީ މިނިންމުމުގައި ކަނޑައަޅާފައިވާ އިމާރާތް ކުރެވޭނެ އެންމެ އުސްމިނަށްވުރެ އުސްނުވާނެ ގޮތުގެ މަތިން ކަމަށް ކައުންސިލްގެ އިޢުލާނުގައި ވެއެވެ.

ދޮންފަނު ކައުންސިލުން ބުނީ މި ނިންމުމަށް ޢަމަލުކުރަންފަށާނީ، 15 އޮކްޓޫބަރު 2025 އިން ފެށިގެން ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު