އާދިއްތަ, November 15
އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކުން ރައްކާތެރިވުމަށް އިލްތިމާސްކޮށްފި

އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކުން ރައްކާތެރިވުމަށް އިލްތިމާސްކޮށްފިއެވެ.

ފުލުހުން ބުނީ އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކާއި ކުށްކުރުމުގެ ވައްޓަފާޅި ޓެކްނޮލޮޖީއާއެކު ބަދަލުވަމުންދާ ކަމަށާއި، މިފަދަ ކުށްތަކުން ރައްކާތެރިވެ ސަލާމަތްވެތިބުމަށް ޚާއްސަ ސަމާލުކަމެއް ދޭންވާނެ ކަމަށެވެ.

މިގޮތުން ވަރުގަދަ ޕާސްވޯޑުތައް ބޭނުންކުރުމާއި، ޕާސްވޯޑް މެނޭޖަރެއްގެ ބޭނުންހިފުމާއި، މަލްޓި ފެކްޓަރ އޯތެންޓިކޭޝަން އޮންކުރުމާއި، ސޮފްޓްވެއާ އަޕްޑޭޓްކުރުމަަކީ އެޅިދާނެ ރައްކާތެރިކަމުގެ މުހިންމު ފިޔަވަޅުތައް ކަމުގައި ފުލުހުން ބުންޏެވެ.

މީގެ އިތުރުން ފިޝިންގެ ނިޝާންތައް ދެނެގަންނަން ދަސްކޮށް، ޑިވައިސްތަކާއި ޑޭޓާ ރައްކާތެރިކުރުމަށް ފިޝިންގ ހާދިސާ ރިޕޯޓުކުރާ ބަޔަކަށް ކޮންމެ މީހަކު ވެސް ވާންޖެހޭ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އޮންލައިން ރައްކާތެރިކަމަކީ އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމެއް ކަމަށާއި، މިފަދަ މައުލޫމާތު އެހެން މީހުންނާ ހިއްސާކުރުމަކީ މުޅި މުޖުތަމައުގެ ޑިޖިޓަލް ރައްކާތެރިކަން އިތުރުކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު