އާދިއްތަ, November 15
ފީވަކު އައު ސްކޫލް އިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފި

ށ. ފީވަކު ސްކޫލް އިމާރާތް ކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތަކާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު، އާދަމް ޝަރީފް ޢުމަރެވެ.

މި ރަސްމިއްޔާތުގައި ކެބިނެޓު މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ، ޑީސީޕީ (ރިޓަޔަރޑް) އަޙުމަދު ސަޢުދީ އާއި، ފީވަކު ކައުންސިލް މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫޢުގެ ދަށުން 6،997 އަކަފޫޓުގެ ސަރަހައްދެއްގައި 19 ކުލާސްރޫމް ހިމެނޭ ތިން ފަންގިފިލާގެ އިމާރާތެއް އިމާރާތް ކުރެވޭނެއެވެ. އަދި 4،736 އަކަފޫޓުގެ ދެ ފަންގިފިލާގެ އޮފީސް އިމާރާތެއް އިމާރާތް ކުރެވޭނެއެވެ. މީގެ އިތުރުން، 8،719 އަކަފޫޓުގެ ސަރަހައްދެއްގައި ދެ ފަންގިފިލާގެ މަލްޓިޕާޕަސް ހޯލަކާއި، 97 އަކަފޫޓުގެ ސަރަހައްދެއްގައި އެއް ފަންގިފިލާގެ ސެކިއުރިޓީ ރޫމެއް އިމާރާތް ކުރެވޭނެއެވެ.

މި މަޝްރޫއަކީ 58.89 މިލިއަން ރުފިޔާއަށް 540 ދުވަސް ތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު