Saturday, October 31
މަޑުއްވަރީގެ ޑްރައިވިންގ ލައިސެންސް ޓްރެކް ބޭނުންކުރުމުގެ ހުއްދަ ދީފި

ރ. މަޑުއްވަރީގައި ޤާއިމްކޮށްފައިވާ ޑްރައިވިންގ ލައިސެންސް ޓްރެކް ބޭނުންކުރުމުގެ ހުއްދަ ދީފިއެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ބުނީ މި ޓްރެކް ހުޅުވުމާއެކު، މަޑުއްވަރީގެ ރައްޔިތުންނަށް ޑްރައިވިންގ ލައިސެންސް ހެދުމަށްޓަކައި އެހެން ރަށްރަށަށް ދަތުރުކުރުމުގެ ބުރަ އުފުލަން ނުޖެހޭނެ ކަމަށާއި، ކުރިން ލައިސެންސް ހެދުމަށް އެހެން ރަށްރަށަށް ދަތުރުކުރުމަށް ދިޔައިރު ކުރާ ޚަރަދާއި، ވަގުތު މިހާރު ސަލާމަތްވެ، އަމިއްލަ ރަށުން މި ޚިދުމަތް ލިބިގަތުމުގެ ފުރުސަތު ތަނަވަސްވެފައިވާ ކަމަށެވެ.

އަދި މިކަމުގެ ސަބަބުން ރަށުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް ވެސް މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ބެލެވޭ ކަމަށާއި، ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް އެމީހުންގެ އަތްފޯރާ ފަށުން ލިބިދިނުމަކީ ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތް ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު