Monday, November 9
ބިލެތްދޫ އެއާޕޯޓް އެމއޭސީއެލް އާ ހަވާލުކޮށްފި

ށ. ބިލެތްފަހީގަައި އަޅަން ނިންމާފައިވާ އެއާޕޯޓުގެ އަމަލީ މަސައްކަތް އެމްއޭސީއެލާ ހަވާލުކޮށް، މަސައްކަތް މިއަދު ފަށައިފި އެވެ.

ބިލެތްފަހީ އެއާޕޯޓަށް ބޭނުންވާ 56.34 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު އެމްޓީސީސީއާ ހަވާލުކުރި ނަމަވެސް އެ ވެރިކަން ނިމުނީ ނަތީޖާއެއް ނުފެނި އެވެ.

އޭރު ބިލަތްފަހީ އެއާޕޯޓު އަޅަން ނިންމީ ކްރޮސް ސަބްސިޑީ އުސޫލުންނެވެ. ބިން ހިއްކައި އެއާޕޯޓުގެ އަމަލީ މަސައްކަތް އެ ދައުރުގައި ފަށަން މަސައްކަތް ކުރި ނަމަވެސް އެ ކަމެއް ނުކުރެވުނެވެ.

ރައީސްގެ ދަތުރުފުޅުގެ ތެރެއިން ބިލެތްފަހީގެ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި އެ އެއާޕޯޓު ހިންގުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުޝާމް އަލީ އާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް އެވެ.

އެ އެއާޕޯޓުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ޝަރީފާއި ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފްގެ އިތުރުން ބިލެތްފަހި ކައުންސިލް ރައީސް އެވެ.

ބިލެތްފަހީ ކައުންސިލުންވެސް މިއަދު ވަނީ އެއާޕޯޓްގެ މަސައްކަތް މިދައުރުގައި ނިންމަވައިދެއްވަން އެދިފައެވެ. އަދި އެ މަސައްކަތް މިދައުރުގައި ނިންމަވައިދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ .

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު