އާދިއްތަ, November 15
ނޫމަރާ ކައުންސިލްގެ އައު އިމާރާތް ހުޅުވައިފި

ށ. ނޫމަރާ ކައުންސިލްގެ އައު އިމާރާތް މިއަދު ހުޅުވައިފިއެވެ.

މި އިމާރާތް ހުޅުވާފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ނޫމަރާއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ. ކައުންސިލް އިމާރާތް ހުޅުއްވައިދެއްވުމަށް ފަހު ރައީސް ވަނީ އެ އިމާރާތް ބައްލަވާލައްވައިފައެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ޕީއެސްއައިޕީ ބަޖެޓުގައި ހިމަނައިގެން، ށ. ނޫމަރާ ކައުންސިލާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢުގެ ދަށުން އެޅި މި އިމާރާތުގައި 80 މީހުންގެ ޖާގައިގެ ކޮންފަރެންސް ހޯލަކާއި، 16 މީހުންގެ ޖާގައިގެ މީޓިންގ ރޫމެއްގެ އިތުރުން ކައުންސިލް ރައީސް، ކައުންސިލް ނައިބު ރައީސް، ކައުންސިލް މެމްބަރުންނާއި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލަށް ޚާއްޞަ ވަކިވަކި ކެބިންތައް ވެސް ހިމެނެއެވެ.

އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނަށް ޚާއްޞަ މާލަމެއްވެސް މި އިމާރާތުގައި ހިމެނޭއިރު، ނޫމަރާ ކައުންސިލްގެ އައު އިމާރާތުގެ މަސައްކަތަށް ސަރުކާރުން ވަނީ 3.9 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު