އާދިއްތަ, November 15
ނޫމަރާގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ބިންގާ އަޅައިފި

ށ. ނޫމަރާގައި އަލަށް އިމާރާތް ކުރާ މިސްކިތުގެ ބިންގާ އަޅުއްވައިފިއެވެ.

ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މި މިސްކިތުގެ ބިންގާ މިއަދު އަޅުއްވައިދެއްވީ އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ އެމް.ޑީ  މޭޖަރ (ރިޓަޔަރޑް) މުޙައްމަދު ނަޖާޙްއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި ދަޢުލަތުގެ ބައެއް ވަޒީރުން ވަނީ ބައިވެރިވެލައްވާފައެވެ.

300 މީހުންގެ ޖާގައިގެ މިމިސްކިތް އިމާރާތްކުރުމަށް ހަވާލުކޮށްފައިވަނީ ފެނަކައަށެވެ. މި މިސްކިތް ނިމިގެންދާއިރު މިސްކިތުގައި ސޯލާ ހަރުކުރެވި، އޭސީ ކުރުމަށް ހަމަޖެހިފައިވާއިރު މިސްކިތުގައި ލައިބްރަރީއަކާއި ކުލާސްރޫމެއް ހިމެނޭނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު