އާދިއްތަ, November 15
ޚާރިޖީ ވަޒީރު ސްޕެއިންގެ ޤައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް، ސްޕެއިންގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ޔޫރަޕިއަން ޔޫނިއަން އެންޑް ކޯޕަރޭޝަން، ހޯޒޭ މަނުއެލް އަލްބަރޭސް ބުއޭނޯ އަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.

ވަޒީރުގެ މެސެޖުގައި ވަނީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން އަދި އެމަނިކުފާނުގެ އަމިއްލަ ނަމުގައި ސްޕެއިންގެ ޤައުމީ ދުވަހުގެ އުފާވެރި މުނާސަބަތުގައި ތަހުނިޔާ އާއި ހެޔޮއެދުންތައް ހޯޒޭ މަނުއެލް އަލްބަރޭސް ބުއޭނޯ އަށް އަރިސްކުރައްވައިފައެވެ.

މީގެ އިތުރުން ރާއްޖެ އާއި ސްޕެއިން އާ ދެމެދުގައި އޮތް ގުޅުން ދެ ޤަައުމަށްވެސް ފައިދާވާނެ ފަދައިން ކުރިއެެރުވުމަށް އެއްބާރުލުމަށް ދިނުމަށް އެމަނިކުފާނު ގާއިމުވެ ހުރިކަމުގެ ޔަޤީންކަންވެސް ވަޒީރު ޑރ. ޚަލީލް ވަނީ އަރުވައިފައެވެ.

"އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުސަތުގެ ބޭނުން ކުރީން"، ވަޒީރުގެ މެސެޖުގައި ވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު