އާދިއްތަ, November 15
ދެ ބިދޭސީއަކު ގެއްލިގެން އިމިގްރޭޝަނުން އާންމުންގެ އެހީއަށް އެދެފި

ގެއްލިގެން ހޯދަމުންދާ ދެ ބިދޭސީއަކު ހޯދުމުގައި އިމިގްރޭޝަނުން އާންމުންގެ އެހީއަށް އެދިއްޖެއެވެ.

މިގޮތުން އިމިގްރޭޝަނުން ހޯދަމުންދަނީ ބަންގްލަދޭޝްގެ ދެ ފިރިހެނުން ކަމަށްވާ މޮނީރު އަޙްމަދު (35 އ) އާއި އެމްޑީ އަލާއުއްދީން ރިޑޯއި (28 އ) އެވެ.

އަދި މިމީހުންނާ ގުޅޭ އެއްވެސް މަޢުލޫމާތެއް އެނގޭނަމަ، އިމިގްރޭޝަންގެ ނަންބަރު 7980408 އަށް ފޯނުން ގުޅައި ނުވަތަ monitoring@immigration.gov.mv އަށް އީމެއިލްކުރުމަށް އެ މުއައްސަސާއިން ވަނީ އެދިފައެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދައި އަނބުރާ ޤައުމަށް ފޮނުވާލުމަށް އިމިގްރޭޝަނުން ދަނީ ޚާއްޞަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު