Saturday, October 31
ފަސް މިލިއަން ގަސް މަޝްރޫޢުގެ ދަށުން ލ. ފޮނަދޫގައި ގަސް އިންދައިފި

"ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢު" ގެ ދަށުން، ލ. ފޮނަދޫގައި ގަސް އިންދުމުގެ ޚާއްސަ ހަރަކާތެއް ކުރިއަށްގެންގޮސްފިއެވެ.

ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ހަރަކާތުގެ ތެރެއިން ފޮނަދޫގައި 200 ގަސް ވަނީ ފޮނަދޫ ކައުންސިލަށް ހަދިޔާކޮށްފައެވެ.

މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ރަށްތަކާއި ރައްޔިތުން ދިރިއުޅޭ ސަރަޙައްދުތައް ހިތްފަސޭހަ ތަންތަނަށް ހެދުމުގެ އިތުރުން ތިމާވެށި ރައްކާތެރިކުރުމަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތު އިތުރުކުރުމެވެ. މިއަދު ފޮނަދޫގައި ކުރިއަށްދިޔަ ގަސް އިންދުމުގެ ހަރަކާތަކީ، މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ މިފަދަ ހަރަކާތްތަކުގެ ތެރެއިން އެއް ހަރަކާތެވެ.

"ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢު" ގެ ފަރާތުން ހަދިޔާކުރެވުނު 200 ގަސް ފޮނަދޫގެ އެކި ސަރަޙައްދުތަކުގައި އިންދުމަށް ވަނީ ރޭވިފައިވާ ކަމަށް ތިމާވެށްޓާ ބެހޭ ވުޒާރާއިން ހާމަކުރެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު