އާދިއްތަ, November 15
ޚާރިޖީ ވަޒީރު ފީޖީގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް، ފީޖީގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ބޮޑު ވަޒީރު ސިޓިވެނީ ލިގަމަމަޑާ ރަންބޫކާ އަދި ޚާރިޖީ ވަޒީރަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

‏‎ވަޒީރުގެ މެސެޖުގައި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އެމަނިކުފާނުގެ އަމިއްލަ ނަމުގައި، މަނިކުފާނަށާއި ފީޖީގެ ޚާރިޖީ ވަޒީރު އަދި ފީޖީގެ ސަރުކާރަށާއި އެންމެހާ ރައްޔިތުންނަށް، ފީޖީގެ މިނިވަން ދުވަހުގެ ތަހުނިޔާ އާއި ހެޔޮ އެދުންތައް ފޮނުއްވައިފިއެވެ.

‏‎މީގެ އިތުރުން ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ދެމެހެއްޓެނިވި ހައްލު ހޯދުމުގައި ދިވެހިރާއްޖެ އާއި ފީޖީ އިން ކުރަމުންގެންދާ އަގުހުރި މަސައްކަތްތައް ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ވަރުގަދަވެގެންދާނެކަން ޔަޤީން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"‏‎އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުސަތުގެ ބޭނުން ކުރީން"، ވަޒީރުގެ މެސެޖުގައި ވިދާޅުވެފައި ވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު