އާދިއްތަ, November 15
ހިނގާފައި ދިޔަ މީހަކު ވެއްޓިފައި އޮއްވާ ފެނިގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެނީ

ހިނގާފައި ދިޔަ މީހަކު ވެއްޓިފައި އޮއްވާ ފެނިގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ހުޅުމާލޭ ފޭސް 1 ނިރޮޅު މަގުން ހިނގާފައި ދިޔަ މީހަކު ވެއްޓިފައި އޮތް ކަމުގެ މަޢުލޫމާތު އޮކްޓޫބަރު 8 ވަނަ ދުވަހުގެ ރޭ 21:05 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މިގޮތުން ފުލުހުން ބުނީ އެއީ ބަންގްލަދޭޝް ފިރިހެނެއް ކަމަށާއި، އެ މީހާއަށް ފަރުވާ ދިނުމަށް ގެންގޮސްފައިވަނީ ހުޅުމާލެ ހޮސްޕިޓަލަށް ކަމަށެވެ.

އަދި އެމީހާގެ ހާލު މިހާރު ރަނގަޅު ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު