އާދިއްތަ, November 15
ޑްރަގް މައްސަލައެއްގައި އޭޖީ އޮފީހުގެ ސީނިއަރ ސްޓޭޓް ކައުންސެލް ފައިނާގެ ދެމަފިރިން ހައްޔަރުކޮށްފި

ޑްރަގް މައްސަލައެއްގައި އޭޖީ އޮފީހުގެ ސީނިއަރ ސްޓޭޓް ކައުންސެލް، އަލްއުސްތާޛާ ފައިނާ ފައްޔާޒްގެ ދެމަފިރިން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ހުޅުމާލޭގައި ރޭ ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން އެޕާޓްމަންޓެއް ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ފެނުމާ ގުޅިގެން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ވަނަވަރު ފުލުހުން ހާމަކޮށްފައި ނުވި ނަމަވެސް، މަޢުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ރޭ ބަލައިފާސްކޮށްފައިވަނީ އޭޖީ އޮފީހުގެ ސީނިއަރ ސްޓޭޓް ކައުންސެލް ފައިނާގެ ދެމަފިރިން ދިރިއުޅޭ ހުޅުމާލޭ ރެއިންކްރެސްޓްގެ އެޕާޓްމަންޓެކެވެ.

ފައިނާއަކީ އޭޖީ އޮފީހުގެ ހިއުމަން ރައިޓްސް އެންޑް އިންޓަނޭޝަނަލް އެފެއާޒް ޑިވިޝަންގެ އިސްވެރިޔާއެވެ. ފައިނާ ވަނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު އުފެއްދި ސިވިލް ރައިޓްސް އޮފީހުގެ ވަގުތީ ވެރިޔާގެ މަޤާމުވެސް އަދާކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު