އާދިއްތަ, November 15
ހުޅުމާލޭގައި ސެންޓްރަލް ކޯލްޑް ޗެއިން ފެސިލިޓީއެއް އިމާރާތްކުރަނީ

ހުޅުމާލޭގައި ސެންޓްރަލް ކޯލްޑް ޗެއިން ފެސިލިޓީގެ އިތުރުން އިދާރީ އޮފީހެއް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ ދިވެހި ސަރުކާރުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ)ގެ އެހީގައި ހިންގަމުންދާ އޭޝިއާ ޕެސިފިކް ވެކްސިން އެކްސެސް ފެސިލިޓީ (އެޕްވެކްސް) ޕްރޮޖެކްޓުގެ ދަށުން ހުޅުމާލޭގައިސެންޓްރަލް ކޯލްޑް ޗެއިން ފެސިލިޓީގެ އިތުރުން އިދާރީ އޮފީހެއް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެހެންކަމުން މިނިސްޓްރީ އޮފް ހެލްތުގެ ބޭނުމަށް، ހުޅުމާލޭގައިސެންޓްރަލް ކޯލްޑް ޗެއިން ފެސިލިޓީގެ އިތުރުން އިދާރީ އޮފީހެއް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ވަނީ ހުޅުވާލައިފިއެވެ.

މި ޕްރޮޖެކްޓަކީ އޯޕަން ކޮމްޕެޓިޓިވް ބިޑިންގ (އޯ.ސީ.ބީ) އުސޫލުގެ މަތިން، އޭ.ޑީ.ބީގެ ސިންގަލް ސްޓޭޖް ވަން އެންވެލޮޕް އުސޫލުން ބީލަންކުރުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެކެވެ.

މި ބީލަމުގައި ބައިވެރިވާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި ފާއިތުވި 5 އަހަރު ކުންފުނީގެ މާލީ ތަނަވަސްކަމުގެ ގޮތުގައި އެވްރޭޖްކޮށް 1.06 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވުމާއެކު، ފާއިތުވި 10 އަހަރު ތެރޭގައި މިބާވަތުގެ 1 މަސައްކަތްކޮށްފައިވުން އަދި މަސައްކަތުގެ އަގު މަދުވެގެން 2.5 މިލިއަން އެމެރިކާ ޑޮލަރު ކަމުގައިވުން ހިމެނެއެވެ.

ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފަވަނީ އޮންލައިންކޮށް 2025 އޮކްޓޫބަރު 16ވާ ބުރާސްފަތި ދުވަހުގެ 11:00ގައެވެ. އަދި ބީލަން ހުޅުވުން އޮންނާނީ 2025 ނޮވެމްބަރު 6ވާ ބުރާސްފަތި ދުވަހުގެ 11:00:00ގައި މި މިނިސްޓްރީގެ ނެޝަނަލް ޓެންޑަރ ޑިޕާޓްމަންޓުގެ ޖަލްސާކުރާ މާލަމުގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު