އާދިއްތަ, November 15
ފުލުހުންގެ ބަންދުގައި ތިބި ބަޔަކު ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ކުރަނީ

ފުލުހުންގެ ބަންދުގައި ތިބި ބަޔަކު ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ކުރަން ފަށައިފިއެވެ.

ފުލުހުން މިރޭ ބުނީ ފުލުހުންގެ ބަންދުގައި ތިބި ބަޔަކު ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ކުރަމުންދާތީ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން އެކަން މޮނިޓަރކުރަމުންދާ ކަމަށެވެ.

އަދި މިކަމުގެ މަޢުލޫމާތު ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އާ ހިއްސާކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްޞީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު