އާދިއްތަ, November 15
ވައްކަމުގެ މައްސަލައެއްގައި މީހަކު ހޯދަނީ

ހުޅުމާލެ ފޭސް 2 އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައެއްގައި މީހަކު ހޯދަން އިޢުލާންކޮށްފިއެވެ.

ފުލުހުން ހޯދަމުންދަނީ އާވާޒް/  ޅ. ހިންނަވަރު، މުޙައްމަދު ޤާސިމް (30އ) އެވެ.

ފުލުހުން ބުނީ އޭނާ ހޯދަމުންދަނީ ހޯދަމުންދަނީ ހުޅުމާލެ އެލްސިއޯން ބޭކަރީގެ ކައުންޓަރުގައި ބޭނުންކުރާ ފޯނު ވަގަށް ނަގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކަމަށެވެ.

ފުލުހުން ވަނީ މުޙައްމަދު ޤާސިމްއާ ގުޅޭ މައުލޫމާތެއް ލިބިފައިވާނަމަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަންގެ ނަންބަރު 9393351 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދިފައެވެ.

އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު ދަންނަވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު