އާދިއްތަ, November 15
ރާއްޖެއާއި އިންޑިއާއާ ދެމެދު ދިފާޢީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާކޮށްފި

ކޮންމެ އަހަރަކު އޮންނަ "އިންޑިއާ - މޯލްޑިވްސް ޑިފެންސް ކޫޕަރޭޝަން ޑައިލޮގް"ގެ ވަފުދާ ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން މިއަދު ބައްދަލުކުރައްވައިފިއެވެ.

ބަންޑާރަކޮށީގައި ބޭއްވި މިބައްދަލުވުމުގައި، ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ދިފާޢީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

މި ވަފުދުގެ އިސްވެރިއަކަށް ހުންނެވީ އިންޑިއާގެ ޑިފެންސް ސެކްރެޓަރީ ޝްރީ ރާޖޭޝް ކުމާރު ސިންގއެވެ. އަދި މި ވަފުދުގައި އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި، އިންޑިއާގެ އަސްކަރިއްޔާގެ އިސްބޭފުޅުންނާއި އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓްރީގެ އިސްބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު