Saturday, October 31
މާލެ ޓެކްސީގެ ބްރޭންޑިންގ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަނީ

މާލެ ޓެކްސީގެ ބްރޭންޑިންގ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފިއެވެ.

އެމްޓީސީސީން މިއަދު ކުރި އިޢުލާނެއްގައި ވަނީ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އޮކްޓޫބަރު 8 ވަނަ ދުވަހުގެ 10:00 އަށް މަޢުލޫމާތު ސާފުކުރުމުގެ ސެޝަންގައި ބައިވެރިވެ، އޮކްޓޫބަރު 14 ވާ އަންގާރަ ދުވަހުގެ 10:00 އަށް އަންދާސީ ހިސާބު ހުށަހެޅުމަށް އެދިފައެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާނީ ޒޮނެއިރިޔާ ބިލްޑިންގ 3 ވަނަ ފަންގިފިލާގެ މީޓިންގްރޫމަށެވެ. އަދި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޒޮނެއިރިޔާ ބިލްޑިންގ 3 ވަނަ ފަންގިފިލާގެ ޕްރޮކިއުމަންޓް ޑިވިޜަންގެ މީޓިންގްރޫމަށެވެ.

އެމްޓީސީސީން ބުނީ އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ކަމަށާއި، މައުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅޭނެ ކަމަށެވެ.

އެމްޓީސީސީން ވަނީ މާލެ ޓެކްސީގެ ބްރޭންޑިންގ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އޮކްޓޫބަރު 2 ވަނަ ދުވަހުވެސް އިޢުލާންކޮށްފައެވެ. ނަމަވެސް އެ އިޢުލާނާ ގުޅިގެން ބޭއްވި މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް އެއްވެސް ފަރާތަކުން ހާޒިރުވެފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން އެކަމަށް ފުރުޞަތު ހުޅުވާލީއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު