އާދިއްތަ, November 15
މައިޒާން ޢަލިމަނިކުގެ އަނބިކަނބަލުން އަވަހާރަވުމާ ގުޅިގެން ރައީސްގެ ތަޢުޒިޔާ
މައިޒާން ޢަލިމަނިކު (މައިޒާން އަލިބެ)ގެ އަނބިކަނބަލުން ޢާއިޝަތު ޒަމީލް ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް ތަޢުޒިޔާ ދަންނަވާފައިވަނީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މިގޮތުން ރައީސް ވިދާޅުވީ ދިވެހިރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް ބޮޑެތި ޚިދުމަތްތަކެއް ކުރައްވާ، ޝަރަފްވެރިކަމުގެ ޤައުމީ އިނާމު ޙާޞިލްކުރައްވާފައިވާ އަދި މާލެ ސިޓީގެ މޭޔަރުކަންވެސް ކުރެއްވި ޚިދުމަތްތެރިޔާ މައިޒާން ޢަލިމަނިކު (މައިޒާން އަލިބެ) ގެ ލޮބުވެތި އަނބިކަނބަލުން ޢާއިޝަތު ޒަމީލް ނިޔާވުމުގެ ހިތާމައިގައި އެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާ ކަމަށެވެ. "މަރްޙޫމާ ޢާއިޝަތު ޒަމީލަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވައި، މާތްﷲގެ ތަނަވަސް ރަޙްމަތުގައި އަބަދުމެ ލަހައްޓަވާށި. އާމީން"، ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު