އާދިއްތަ, November 15
ޚާރިޖީ ވަޒީރު ކޮރެއާގެ ނޭޝަނަލް ފައުންޑޭޝަން ޑޭގެ ތަހުނިޔާ ފޮނުއްވައިފި

ޚާރިޖީ ވަޒީރު، ޑރ. ޢަބްދުﷲ ޚަލީލް، ރިޕަބްލިކް އޮފް ކޮރެއާ ގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު ހިޒް އެކްސަލަންސީ ޗޯ ހޭއުން އަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ވަޒީރުގެ މެސެޖުގައި ވަނީ ވަޒީރު ހިޒް އެކްސަލަންސީ ޗޯ ހޭއުން އަށާއި ރިޕަބްލިކް އޮފް ކޮރެއާ ގެ ސަރުކާރަށާއި ރައްޔިތުންނަށް، ރިޕަބްލިކް އޮފް ކޮރެއާގެ ނޭޝަނަލް ފައުންޑޭޝަން ޑޭގެ ތަހުނިޔާ އާއި އިޚްލާސްތެރި ހެޔޮއެދުންތައް އަރިސްކުރައްވައިފައެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ ދިވެހިރާއްޖެ އާއި ރިޕަބްލިކް އޮފް ކޮރެއާ އާ ދެމެދުގައިވާ އެކުވެރި އަދި ގާތް ގުޅުން، ދެ ޤައުމުގެ ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި އިތުރަށް ބަދަހިވެގެންދާނޭކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

"މި ފުރުސަތުގައި މަނިކުފާނުގެ ދުޅަހެޔޮ ސިއްހަތާއި ރިޕަބްލިކް އޮފް ކޮރެއާ ގެ ސަރުކާރާއި ރައްޔިތުންނަށް އިތުރު ކުރިއެރުމާއި އުފާ ފާގަތިކަން ލިބުމަށް އަޅުގަނޑު އެދެން"، ވަޒީރުގެ މެސެޖުގައި ވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު