އާދިއްތަ, November 15
ހުޅުމީދޫ އިކޯ ގާޑަން ސަރަހައްދުގެ ވަލުތެރޭގައި އަނެއްކާވެސް އަލިފާން ރޯވެގެން ސިފައިން ހަރަކާތްތެރިވެއްޖެ

އައްޑޫ ސިޓީ ހުޅުމީދޫ އިކޯރ ގާޑަން ސަރަހައްދުގެ ވަލުތެރޭގައި ރޯވި އަލިފާން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހުޅުމީދޫ ފަޔަރ ސްޓޭޝަނުން ނިއްވައިލައިފިއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު 10:37 ހާއިރު ކަމަށާއި، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހުޅުމީދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވާލެވުނީ މިރޭ 7:05 ހާއިރު ކަމަށެވެ.

އިއްޔެގެ ވަގުތެއްގައި މި ސަރަހައްދުގެ މީދޫ ފަޅީގައި އަލިފާން ރޯވެގެން އަލިފާން ނިއްވާލާފައިވާ އިރު، މިއަދު އަލިފާން ރޯވީ މި ސަރަހައްދުގެ ހުޅުދޫއާ ވީ ފަޅީގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު