Saturday, October 31
ކިއުބާގެ ޑޮކްޓަރުންގެ ފަރާތުން ދިވެހިންނަށް ލިބުނު ޞިއްޙީ ޚިދުމަތަށް ވަޒީރު ޑރ. ޚަލީލްގެ ޝުކުރު

ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް، ކިއުބާގެ ޑޮކްޓަރުންގެ ފަރާތުން ދިވެހިރާއްޖޭގެ ރައްޔިތުންނަށް ލިބުނު ފުރިހަމަ ސިއްހީހިދުމަތްތައް ފާހަގަކޮށް އެކަމަށްޓަކައި ކިއުބާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އަންޑްރޭސް މާރސެލޯ ގޮންޒާލޭޒް ގަރީޑޯ އަށް ޝުކުރު ދަންނަވައިފިއެވެ.

ވަޒީރު ޑރ. ޚަލީލް، ކިއުބާގެ ސަފީރަށް ޝުކުރު ދަންނަވާފައިވަނީ ސަފީރު މިއަދު ކުރެއްވި ވަދާޢީ ޒިޔާރަތުގައެވެ.

މިގޮތުން މިބައްދަލުވުމުގައި ވަޒީރު ޑރ. ޚަލީލް ވަނީ ކިއުބާ އިން ރާއްޖެއަށް ކަނޑައަޅުއްވި ނޮން-ރެސިޑެންޓް ސަފީރުގެ ހައިސިއްޔަތުން ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށްޓަކައި ސަފީރު އަންޑްރޭސް މާރސެލޯ ގޮންޒާލޭޒް ގަރީޑޯ އެމަނިކުފާނުގެ ސަފީރުކަމުގެ މުއްދަތުގައި ކޮށްދެއްވާފައިވާ މަސައްކަތްތައް ފާހަގަކުރައްވައި، އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅަށް ދިވެހި ސަރުކާރުގެ ނަމުގައި އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ. އަދި  ދިވެހި ސަރުކާރުގެ ނަމުގައި އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ.

ސަފީރު މާރސެލޯ ގޮންޒާލޭޒް ގަރީޑޯ ވަނީ އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ދިވެހި ސަރުކާރުން އެމަނިކުފާނަށް ދެއްވި އެއްބާރުލުމާއި ބެހެއްޓެވި ގާތްކަމަށްޓަކައި ވަރަށް އިޚްލާސްތެރިކަމާއެކު ޚާރިޖީ ވަޒީރަށް ޝުކުރު އަދާކުރައްވާފައިވެއެވެ. އަދި ކުރިއަށް މުސްތަޤްބަލްގައިވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގައި އުއްމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

މި ބައްދަލުވުން ނިންމަވާލައްވަމުން، ޚާރިޖީ ވަޒީރު ޑރ. ޚަލީލް ވަނީ ސަފީރު މާރސެލޯ ގޮންޒާލޭޒް އަށް ކުރިއެރުމާއި ކާމިޔާބީ އަށް އެދިވަޑައިގެން، ކިއުބާ ސަރުކާރުން ރާއްޖެއަށް ދެން ކަނޑައަޅުއްވާ އައު ސަފީރުގެ ދައުރުގައިވެސް ދިވެހި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން އެރުވިއެވެ.

ވަޒީރުގެ އަރިހުގައި، ސެކްރެޓަރީ ޑޮކްޓަރ ހާލާ ޙަމީދު އާއި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް މުޙައްމަދު ޝަހީބު އާއި ސީނިއަރ އަންޑަރ ސެކްރެޓަރީ ޙަސަން ޙުސެއިން ޝިހާބްގެ އިތުރުން އެސިސްޓަންޓް ޑިރެކްޓަރ އާމިނަތު ވަރުދާ ބައިވެރިވެވަޑައިގެންނެވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު