އާދިއްތަ, November 15
ފުވައްމުލަކު އެއާޕޯޓު ފެންސު މަތިން އަރަން އުޅުނު ބަޔަކު އެއާޕޯޓު ސެކިއުރިޓީއަށް ހަމަލާދިން މައްސަލައެއް ބަލަނީ

ފުވައްމުލަކު އެއާޕޯޓު ފެންސު މަތިން އަރަން އުޅުނު ބަޔަކު އެއާޕޯޓު ސެކިއުރިޓީއަށް ހަމަލާދިން މައްސަލައެއް ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ ފުވައްމުލަކު އެއާޕޯޓު ފެންސު މަތިން އަރަން އުޅުނު ބަޔަކު ހުއްޓުވި އެއާޕޯޓުގެ ސެކިއުރިޓީ މުވައްޒަފަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލަ ސެޕްޓެންބަރު 28 ވަނަ ދުވަހުގެ ރޭ ފަތިހު 4:05 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ޏ. ފުވައްމުލައް/ހޯދަޑު، ގުލްކޯޒްގެ، ޙަސަން ހުމާމް މުޙައްމަދު (28 އ) އާއި، ޏ. ފުވައްމުލައް/ހޯދަޑު، ޒަމްހަރީރުގެ، އިބްރާހީމް ސިމަން އަޙްމަދު (20 އ) އަދި ޏ. ފުވައްމުލައް/ފުނާޑު، ސުހާނާ، ބައްސާމް ސަޢީދު (29 އ) ހައްޔަރުކޮށްފައިވާ ކަމަށެވެ.

ސެޕްޓެންބަރު 30 ވަނަ ދުވަހު ހައްޔަރުކުރި މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ދަނީ މި މައްސަލަ ތަޙުޤީޤު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު