އާދިއްތަ, November 15
ތިނަދޫގައި އެކްސިޑެންޓެއް ހިނގައި ކުޑަކުއްޖަކަށް އަނިޔާވެއްޖެ

ގދ. ތިނަދޫގައި އެކްސިޑެންޓެއް ހިނގައި ކުޑަކުއްޖަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ ތިނަދޫ ސިޓީ އާބާދީ ހިނގުމުން ހުޅަނގުން އިރަށް ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް، ދުވެފައި މަގު ހުރަސްކުރި ކުޑަކުއްޖެއްގެ ގައިގައި ޖެހި އެކްސިޑެންޓުވެފައިވާ މައްސަލަ އޮކްޓޫބަރު 4 ވަނަ ދުވަހުގެ 18:16 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓުގައި މަގު ހުރަސްކުރި ހަ އަހަރުގެ ފިރިހެން ކުއްޖާއަށް އަނިޔާވެގެން ޑރ. ޢަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ.

މީގެ އިތުރުން މި އެކްސިޑެންޓުގައި ހިމެނޭ ސައިކަލު ދުއްވާފައިވަނީ އެ ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނޯންނަ މީހެއް ކަމަށާއި، އެކްސިޑެންޓުވުމުން މަޑުނުކޮށް ގޮސްފައިވާ ކަމަށެވެ.

މިގޮތުން މި މައްސަލައާ ގުޅިގެން ސައިކަލު ދުއްވި 21 އަހަރުގެ ދިވެހި ފިރިހެން މީހާ ހައްޔަރުކޮށް، އެކްސިޑެންޓުވި ސައިކަލު ޓޯވކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ދަނީ މި މައްސަލަ ތަޙުޤީޤު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު