Saturday, October 31
މުދައްރިސުން ނެތް މުޖްތަމަޢެއްގެ ކުރިމަގެއް ނޯންނާނެ: މެޑަމް ސާޖިދާ
މުދައްރިސުން ނެތް މުޖްތަމަޢެއްގެ ކުރިމަގެއް ނޯންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. މެޑަމް ސާޖިދާ މިހެން ވިދާޅުވީ މުދައްރިސުންގެ ދުވަހާ ގުޅިގެން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މިގޮތުން މެޑަމް ސާޖިދާ ވިދާޅުވީ ކޮންމެ މުދައްރިސަކީ ދަރިވަރުންނަށްޓަކައި މަންމައެއް، ބަައްޕައެއް، ބެލެނިވެރިއެއް ކަމަށާއި، އެއްޖީލުން އަނެއްޖީލަށް ޢިލްމު ފޯރުކޮށްދެނީ އަދި ފަންނުތައް ވާރުތަކޮށްދެނީ މުދައްރިސުން ކަމަށެވެ. މީގެ އިތުރުން އެކަމަނާ ވިދާޅުވީ މުދައްރިސުން ނެތް މުޖްތަމަޢެއްގެ ކުރިމަގެއް، ތަހުޒީބެއް، ދިރުމެއް، އުންމީދެއް ނޯންނާނެ ކަމަށެވެ. "ހެޔޮލަފާ، ހީވާގި މުދައްރިސުންގެ އެހީތެރިކަމާއި ޚިދުމަތް އަބަދުމެ ދިވެހިރާއްޖެއަށް ލިބެމުން ދިއުމަށް އެދި ހެޔޮ ދުޢާކުރަމުން، ބައިނަލްއަޤްވާމީ މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ އަރިސްކުރަން"، އެކަމަނާގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު