އާދިއްތަ, November 15
ޑްރަގާއެކު ކިނބިދޫއިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ތ. ކިނބިދޫއިން މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ތ. ކިނބިދޫ / ނޫވިލާގެ، އިބްރާހީމް ރައޫފް (33އ) އެވެ. ކޯޓުން ވަނީ އޭނާ 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

ފުލުހުން ބުނީ މަސްތުވާތަކެތި ގެންގުޅެ ބޭނުންކޮށް އަދި އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކިނބިދޫ ޕޮލިހުން ހިންގި އޮޕަރޭޝަނެއްގައި އޭނާ އެރަށު މަގުމަތިން ހުއްޓުވައި ބަލައިފާސްކޮށްފައިވާ ކަމަށެވެ.

މިގޮތުން މި ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ނުވަ ކަރުދާސްކޮޅު އޭނާގެ އަތުން ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު