އާދިއްތަ, November 15
މަސްތުވާތަކެއްޗާއެކު ކުޅުދުއްފުށި ސިޓީން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ކުޅުދުއްފުށި ސިޓީން މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ށ. ނޫމަރާ / ފަޒާ، ޙަސަން ރާމިޒް (25އ) އެވެ. އޭނާގެ ބަންދަށް ކޯޓުން ވަނީ ހަތް ދުވަސް ޖަހައިދީފައެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ ކުޅުދުއްފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ކުޅުދުއްފުށި ސިޓީ ޕޮލިސް ގުޅިގެން ސެޕްޓެންބަރު 30 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައެވެ.

މިގޮތުން މި އޮޕަރޭޝަނުގައި ކުޅުދުއްފުށި ބަނދަރު ސަރަހައްދުން ޙަސަން ރާމިޒް ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 14 ސެލޯފިންކޮޅު (ވަގުތީ ބަރުދަން 8.7 ގުރާމް) އަދި ކުށްކޮގެން ހޯދާފައިވާކަމަށް ބެލެވޭ 1400 އަށް ވުރެ ގިނަ ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު