އާދިއްތަ, November 15
ޑިއުޓީގައި ހުރި ފުލުހެއްގެ އަތުން ގަދަކަމުން އާލާތްތައް ނެގުމަކީ ސުލްހަވެރި ސިޔަސީ ހަރަކާތެއް ނޫން: އިޙްސާން
ޑިއުޓީގައި ހުންނަ ފުލުހެއްގެ އަތުން ގަދަކަމުން އާލާތްތައް ނެގުމަކީ ސުލްހަވެރި ސިޔާސީ ހަރަކާތެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު، ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މިގޮތުން ވަޒީރު ވިދާޅުވީ އެއީ ޤާނޫނު ތަންފީޒުކުރުމުގެ ވާޖިބުތަކަށް ހުރަސްއަޅާފަދަ މަޖުބޫރު ނުވަތަ އަނިޔާވެރި ޢަމަލުތަކެއް ހިމެނޭ ކަމެއް ކަމަށެވެ. ވަޒީރު މިހެން ވިދާޅުވިއިރު، ފުލުހުން ބުނީ އެމްޑީޕީން މިރޭ މާލޭގައި ކުރިއަށްގެންދާ އެއްވުމުގައި، ކުރިން ހުއްދަ ދެވިފައިވާ ރޫޓާ ޚިލާފަށް، މަޖީދީ މަގުން ކުރިއަށްދާން ފެށުމާ ގުޅިގެން، އެގޮތަށް ޢަމަލު ނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެ އިންޒާރު ދީފައިވާނެ ކަމަށެވެ. ނަމަވެސް އެކަމަށް އިޖާބަ ނުދީ އެއްވުމުގެ ބައިވެރިން ފުލުހުންނާ ދިމާލަށް ގަލާއި ފެންފުޅި އުކައި، ފުލުހުންގެ އާލާތްތައް އަތުލަން މަސައްކަތްކޮށް، އަދި ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅާފައިވާ ކަމަށެވެ. އެހެންކަމުން މި ޢަމަލުތައް ހިންގި ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުންޏެވެ. އަދި ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސް ނޭޅުމަށްވެސް ފުލުހުން ވަނީ އެންމެހައި ފަރާތްތަކަށް ނަސޭހަތްތެރިވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު