އާދިއްތަ, November 15
އިދިކޮޅު މުޒާހަރާގެ ބައިވެރިން ފުލުހުންގެ ވާޖިބަށް ހުރަސް އަޅައިފި

އިދިކޮޅު އެމްޑީޕީން މިރޭ ކުރިއަށްގެންދާ މުޒާހަރާގެ ބައިވެރިން ފުލުހުންގެ ވާޖިބަށް ހުރަށް އަޅައިފިއެވެ.

މިރޭ 8:30 ގައި މާލޭ އާޓިފިޝަލް ބީޗު ސަރަހައްދުން ފެށި މި މުޒާހަރާ ކުރިއަށްގެންދިއުމަށް ފުލުހުންނާއެކު އެއްބަސްވެފައިވާ ގޮތާ ޚިލާފުވެ، މުޒާހަރާގެ ބައިވެރިން ވަނީ މަޖީދީމަގާ ދިމާލަށް ނިކުމެ، މަގު ބަންދުކުރަން ބަހައްޓާފައި ހުރި ބެރިގޭޑްތައް ނަގައި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންގެ ވާޖިބަށް ހުރަސް އަޅައިފައެވެ.

މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ފުލުހުން ބުނީ އެމްޑީޕީން މިރޭ މާލޭގައި ކުރިއަށްގެންދާ އެއްވުމުގައި، ކުރިން ހުއްދަ ދެވިފައިވާ ރޫޓާ ޚިލާފަށް، މަޖީދީ މަގުން ކުރިއަށްދާން ފެށުމާ ގުޅިގެން، އެގޮތަށް ޢަމަލު ނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެ އިންޒާރު ދީފައިވާނެ ކަމަށެވެ.

ނަމަވެސް އެކަމަށް އިޖާބަ ނުދީ އެއްވުމުގެ ބައިވެރިން ފުލުހުންނާ ދިމާލަށް ގަލާއި ފެންފުޅި އުކައި، ފުލުހުންގެ އާލާތްތައް އަތުލަން މަސައްކަތްކޮށް، އަދި ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅާފައިވާ ކަމަށެވެ. އެހެންކަމުން މި ޢަމަލުތައް ހިންގި ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުންޏެވެ.

އަދި ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސް ނޭޅުމަށްވެސް ފުލުހުން ވަނީ އެންމެހައި ފަރާތްތަކަށް ނަސޭހަތްތެރިވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު