އާދިއްތަ, November 15
މިރޭގެ މުޒާހަރާގެ ބޭނުމަކީ ރައްޔިތުންގެ ފުދުންތެރިކަމަށް ކުރަމުންދާ ކަންކަން ހުއްޓުވާލައި އިޤުތިޞާދު އިނދަޖެއްސުން: ޑރ. މުއްޠަލިބް
މިރޭގެ މުޒާހަރާގެ ބޭނުމަކީ ޤައުމުގެ އަމަން އަމާންކަން ނަގާލައި ސަރުކާރުން ރައްޔިތުންގެ ފުދުންތެރިކަމަށް ކުރަމުންދާ އެންމެހާ ކަންކަން ހުއްޓުވާލައި އިޤުތިޞާދު އިނދަޖެއްސުން ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު، ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އިދިކޮޅު އެމްޑީޕީން މިރޭ ކުރާ މުޒާހަރާއާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މިގޮތުން ވަޒީރު އިތުރަށް ވިދާޅުވީ މި މުޒާހަރާގެ ބޭނުމަކީ ދިވެހިރާއްޖެއަކީ ތަރައްޤީވެފައިވާ އަދި ހަމަޖެހުން ޤާއިމްވެފައިވާ ޤައުމެއް ނޫންކަން ދެއްކުމަށް ބޭރުގެ ފަރާތްތަކަކާ ގުޅިގެން ކުރާ މަސައްކަތުގައި ދިވެހިން ގުނބޯ ހައްދައިގެން ބައިވެރިކުރުން ކަމަށާއި، ބޭރުގެ އިންވެސްޓަރުން މިޤައުމަށް އައުމަށް ފަސްޖެހޭ ފަދަ ނުތަނަވަސް މާޙައުލެއް އޮތްކަމަށް ދައްކަން މަސައްކަތް ކުރުން ކަމަށެވެ. ވަޒީރު ވިދާޅުވީ މިއީ ޤައުމަށް ހެޔޮއެދޭ ބަޔަކު ކުރާނެ އަދި ބައިވެރިވާނެ ކަމެއްނޫން ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު