އާދިއްތަ, November 15
ރ. އަތޮޅުގައި ގަވާއިދާ ޚިލާފަށް ބިދޭސީން އުޅޭ މައްސަލައާ ގުޅޭގޮތުން މަޝްވަރާކޮށްފި
ރ. އަތޮޅު ކައުންސިލްގެ މެންބަރުން މޯލްޑިވްސް އިމިގްރޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ. އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި މި ބައްދަލުވުމުގައި ކައުންސިލްގެ ހުރި ކަންބޮޑުވުންތައް ވަނީ އެ އިދާރާއާ ހިއްސާކުރައްވައިފައެވެ. މިގޮތުން ރ. އަތޮޅުގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން އިތުރުވަމުންދާ މައްސަލައާއި، ބިދޭސީން ގަވާއިދާ ޚިލާފަށް ވިޔަފާރިކުރަމުންދާ މައްސަލައިގެ އިތުރުން އެ އަތޮޅުގައި އިމިގްރޭޝަންގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ބޭނުން ބޮޑުކަން ކައުންސިލުން ވަނީ ހިއްސާކުރައްވައިފައެވެ. މި ބައްދަލުވުމުގައި ވަނީ އިމިގްރޭޝަނާއި އަތޮޅު ކައުންސިލުން ގުޅިގެން މި މައްސަލަތައް ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ. މި ބައްދަލުވުމުގައި އިމިގްރޭޝަންގެ ކޮންޓްރޯލަރ ޖެނެރަލް، ސީޕީ (ރިޓަޔަރޑް) އަޙްމަދު ފަސީޙް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު