އާދިއްތަ, November 15
ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަނަކާ ގުޅިގެން މިރޭ މާލޭގެ އެކި ސަރަހައްދުތައް ބަންދުކުރާނެ
ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދާ އޮޕަރޭޝަނާ ގުޅިގެން މިރޭ މާލޭގެ އެކި ސަރަހައްދުތައް ބަންދުކުރާނެ ކަމަށް އެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަނަކާ ގުޅިގެން މިއަދާއި މިރޭގެ އެކި ވަގުތުތަކުގައި އާންމު ޓްރެފިކަށާއި ހިނގާ މީހުންނަށް މާލޭގެ އެކި ސަރަހައްދުތައް ބަންދުކުރެވޭނެ ކަމަށެވެ. މީގެ އިތުރުން ފުލުހުން ވަނީ މިކަމުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމަށް އެދިފައެވެ. އަދި މިކަމުގެ ސަބަބުން ރައްޔިތުންނަށްް ދިމާވެދާނެ ދަތިތަކަށް ފުލުހުން ވަނީ މަޢާފަށްވެސް އެދިފައެވެ. ފުލުހުން މިހެން ބުނެފައިވާއިރު، އިދިކޮޅު އެމްޑީޕީން ބާއްވާ ބޮޑު މުޒާހަރާ މިރޭ 8:30 އިން ފެށިގެން މާލޭގައި ކުރިއަށް އެބަދެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު