އާދިއްތަ, November 15
ހިޔާ ފުލެޓު ސަރަހައްދުގައި މާރާމާރީއެއް ހިންގި މައްސަލައެއްގައި ދެ އަންހެނަކާއި ދެ ފިރިހެނުން ހައްޔަރުކޮށްފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިއަދު ހިންގި މާރާމާރީއަކާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިއަދު 17:07 ހާއިރު ހުޅުމާލޭ ފޭސް2، ހިޔާ ފުލެޓު ސަރަހައްދު ޕެޓްރޯލް ކުރަމުން ދަނިކޮށް، އެޗް 7 ކައިރީ ބަޔަކު މާރާމާރީ ހިންގާ މަންޒަރު ފެނިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފައެވެ. އެއީ 19 އަހަރުގެ އަންހެނަކާއި، 18 އަހަރުގެ އަންހެނަކާއި، 27 އަހަރުގެ ފިރިހެނެއްގެ އިތުރުން 24 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ބުނީ މި އެންމެންނަކީވެސް ދިވެހިން ކަމަށާއި، މި މައްސަލަ ފުލުހުން ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.

މި މާރާމާރީގެ ވީޑިއޯއެއް މީސްމީޑިއާގައި އާންމުވެފައިވާއިރު، ދެ އަންހެނުން އެކަކު އަނެކެއްގެ އިސްތަށިގަނޑުގައި ހިފައި މާރާމާރީ ހިންގާއިރު، ދެ ފިރިހެނުންވެސް އެކަކު އަނެކަކާ މާރާމާރީ ހިންގާ މަންޒަރު ފެނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު