Tuesday, October 13
ޖަރުމަނުވިލާތުގެ ޤައުމީ ދުވަހުގެ ތަހުނިޔާ ޚާރިޖީ ވަޒީރު ފޮނުއްވައިފި

ޖަރުމަނުވިލާތުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު، ޔޮހާން ވަޑެފޫލް އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

‏‎މިނިސްޓަރުގެ މެސެޖުގައި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި މަނިކުފާނަށާއި ޖަރުމަނުވިލާތުގެ ސަރުކާރަށާއި ރައްޔިތުންނަށް، ޖަރުމަނުވިލާތުގެ ޤައުމީ ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރެއްވިއެވެ.

ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ޚާރިޖީ ގުޅުން ގާއިމުރެވުނުތާ 60 އަހަރުފުރުން ކުރިމަތިވަމުން އަންނައިރު، މަނިކުފާނާއެކު ގާތުން މަސައްކަތްކޮށް، ދެ ޤައުމުގެ ދެމެދުގައި އޮތް ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ދެ ޤައުމަށްވެސް އެކުގައި ކުރިއަރައި މި ގުޅުން ފުޅާކުރުމުގައި އިތުރު ދާއިރާތައް ދެނެގަތަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު