އާދިއްތަ, November 15
ޕޭމަންޓް މޯލްޑިވްސްއަށް ލޯގޯއެއް ފަރުމާކުރުމަށް ހުޅުވާލައިފި

ޕޭމަންޓް މޯލްޑިވްސްއަށް ލޯގޯއެއް ފަރުމާކުރުމަށް ހުޅުވާލައިފިއެވެ.

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ރީޓެއިލް ޕޭމަންޓް ނިޡާމް ހަރުދަނާކޮށް ކުރިއަރުވާ، ޒަމާނީ ޚިދުމަތްތަކަށް މަގުފަހިކޮށްދިނުމަށް، ޕޭމަންޓް މޯލްޑިވްސްގެ ނަމުގައި ކުންފުންޏެއް އުފެއްދުމަށް އެ އޮތޯރިޓީއިން ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން، ޕޭމަންޓް މޯލްޑިވްސް އަށް ލޯގޯއެއް ފަރުމާކުރުމުގެ މުބާރާތެއް ހުޅުވާލައި އެކަން އެ އޮތޯރިޓީން ވަނީ އިޢުލާން ކޮށްފައެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 16 އޮކްޓޫބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން އެ އޮތޯރިޓީއަށް ޕްރޮޕޯސަލް ހުށަހެޅުއްވުމަށް އިޢުލާނުގައި އެދިފައިވެއެވެ.

މިކަމާއި ގުޅޭ އިތުރު ތަފްޞީލުތައް ހިމެނޭ ގައިޑްލައިނެއް އެމްއެމްއޭ އިން ވަނީ އާންމުކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު