އާދިއްތަ, November 15
ޚާރިޖީ ވަޒީރު ސައިޕްރަސްގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް، ސައިޕްރަސްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު، ކޮންސްޓަންޓީނޯސް ކޮމްބޯސް އަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

‏‎ވަޒީރުގެ މެސެޖުގައި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އެމަނިކުފާނުގެ އަމިއްލަ ނަމުގައި ވަޒީރު ކޮންސްޓަންޓީނޯސް ކޮމްބޯސް އަށާއި ސައިޕްރަސް ސަރުކާރަށާއި ރައްޔިތުންނަށް، ސައިޕްރަސްގެ މިނިވަން ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައިވެއެވެ.

އަދި ކުރިއަށް އޮތްތާނގައިވެސް ރާއްޖެއާއި ސައިޕްރަސްއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ދެ ޤައުމަށްވެސް ފާއިދާކުރުވަނިވިގޮތެއްގައި، އިތުރަށް ބަދަހިވެގެންދާނެކަމުގައި ޔަޤީންކުރައްވާ ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

"‏‎އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުސަތުގެ ބޭނުންކުރީން"، ވަޒީރުގެ މެސެޖުގައި ވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު