އާދިއްތަ, November 15
މަސްތުވާތަކެތީގެ މައްސަލައެއްގައި ކުރެންދޫއިން މީހަކު ހައްޔަރުކޮށްފި

ޅ. ކުރެންދޫއަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތި ބޭނުންކޮށް އަދި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ޅ. ކުރެންދޫ / މަޒާ، ޢަބްދުލްވާޙިދު އިބްރާހީމް (42އ) އެވެ.

ފުލުހުން ބުނީ ހައްޔަރުކޮށްފައިވަނީ ކުރެންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ލިބުނު މައުލޫމާތާ ގުޅިގެން މި މަހު 29 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި، ކުރެންދޫ ބަނދަރުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓަކާއި، ފިލްމު ހުސްކުރި ދަޅެއް ފެނުނު މައްސަލައިގައި ކަމަށެވެ.

މިގޮތުން މި މައްސަލަ އާ ގުޅިގެން ޢަބްދުލްވާޙިދު އިބްރާހީމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު