އާދިއްތަ, November 15
ޕާސްޕޯޓު ހެއްދުމަށްފަހު ވީ އެންމެ އަވަހަށް ޕާސްޕޯޓާ ހަވާލުވުމަށް އަންގައިފި
ޕާސްޕޯޓު ހެއްދުމަށްފަހު، އޭގެ ވެރިފަރާތުން ވީ އެންމެ އަވަސް ފުރުސަތެއްގައި ޕާސްޕޯޓާ ހަވާލުވުމަށް އިމިގްރޭޝަނުން އަންގައިފިއެވެ. އިމިގްރޭޝަނުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ ދިވެހި ޕާސްޕޯޓު  ހެއްދުމަށްފަހު، ޕާސްޕޯޓުގެ ވެރިފަރާތުން ޕާސްޕޯޓާ ހަވާލުނުވެ ގިނަދުވަސް ވަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން، ޕާސްޕޯޓު ހެއްދުމަށްފަހު ޕާސްޕޯޓާ ހަވާލުނުވެ، 6 މަސް ދުވަހަށް ވުރެ ގިނަދުވަސް ވެފައިވާ ފަރާތް ތަކުން، 2025 ޑިސެމްބަރު 31 ވަނަ ދުވަހުގެ ކުރިން، ޕާސްޕޯޓާ ހަވާލުވުމަށް އިމިގްރޭޝަނުން ވަނީ އަންގައިފައެވެ.

އަދި 2025 ޑިސެމްބަރު 31 ވަނަ ދުވަހުގެ ނިޔަލަށް، ޕާސްޕޯޓާއި ހަވާލުނުވާ ފަރާތްތަކުގެ ޕާސްޕޯޓުތައް، ދިވެހި ޕާސްޕޯޓާބެހޭ ގަވާއިދުގެ 19 ވަނަ މާއްދާ (ޕާސްޕޯޓު ކެންސަލްކުރުން) ގެ (ށ) ގެ 5 ގައިވާ ގޮތުގެ މަތިން ކެންސަލް ކުރެވޭނެ ކަމަށްވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު