Saturday, October 31
ޤުރުއާން ހިތުދަސްކޮށް ނިންމާ ޙާފިޡުންނަށް ބުރުޒު ކޭޓަރިންގެ ޚާއްސަ އިނާމެއް

ޤުރުއާން ހިތުދަސްކޮށް އިމްތިޙާނު ނިންމާ ޙާފިޡުންނަށް، ބުރުޒު ކޭޓަރިންގެ ފަރާތުން ހަދިޔާއެއްގެ ގޮތުގައި ޑިނަރ ވައުޗަރ ދޭން ފަށައިފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މިއަދުން ފެށިގެން މި ވައުޗަރ ދޭން ފަށާފައިވާއިރު މި ވައުޗަރގެ ދަށުން ޙާފިޡާއި 2 ބެލެނިވެރިންނަށް ބައިވެރިވެވޭނެ އިންތިޒާމް އެ ފަރާތުން ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން ބުރުޒު ކޭޓަރިންގއިން ޙާފިޡުންނަށް ‎10%‎ ޑިސްކައުންޓް ލިބޭ ވައުޗަރެއް ދޭން ފަށާފައިވާއިރު މި ވައުޗަރު 30 ދުވަހާއި ހަމައަށް ބޭނުން ކުރެވޭނެ ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.

ބުރުޒު ކޭޓަރިންގގެ މި ނިންމެވުމާއެކު އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ އެ ކުންފުނީގެ ވެރިންނަށް ޝުކުރު އަދާ ކުރައްވާފައެވެ.

ސަރުކާރުން ވަނީ މި ފަހުން ޙާފިޡުންނަށް ދެމުންދާ އެލަވަންސް ދެގުނައަށް ބޮޑުކޮށް އެލަވަންސްގެ ގޮތުގައި 4000 ރުފިޔާ ދޭން ފަށައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު