Monday, October 12
ފަންނުވެރިން ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލައިފި

ފަންނުވެރިންގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ފަންނުވެރިކަމުގެ ދާއިރާ ހަރުދަނާކޮށް ތަރައްގީކުރުމަށްޓަކައި ފަންނުވެރިންނަށް ބޭނުންވާ ކަންކަން ފަހިކޮށްދިނުމުގެ މަގުސަދުގައި ފަންނުވެރިންގެ ދަފްތަރެއް ވަނީ އެކުލަވާލާފައެވެ.

ފަންނުވެރިންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކާއި އަދި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން "ފަންނުވެރިން ދަފްތަރުކުރުމުގެ އުސޫލު" އާއި އެއްގޮތަށް ދަފްތަރުވުމަށް ހުށަހެޅުމަށް ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް އިން ވަނީ އެދިފައެވެ.

ރަޖިސްޓްރީވުމަށް އެދޭ ފޯމާއެކު ހުށަހަޅަން ޖެހޭ ތަކެތީގެ ތެރޭގައި އައިޑީ ކޮޕީ، ޕާސްޕޯޓް ސައިޒްގެ ފޮޓޯ، ޕޯޓްފޯލިއޯ / ސީވީ އަދި އިގްރާރް ( އޮންލައިން ފޯމް ހުށަހަޅާނަމަ) ހިމެނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު