Saturday, October 31
ދުންފަތުގެ އިސްތިޢުމާލުކުރުން މަދުކުރުމަށް މުޖުތަމަޢު ހޭލުންތެރިކުރުމަށް ސިޓީސް މިނިސްޓްރީ އާއި އެޗްޕީއޭ އެކު މަޝްވަރާކޮށްފި
ދުންފަތުގެ އިސްތިޢުމާލުކުރުން މަދުކޮށް މުޖުތަމަޢު ހޭލުންތެރިކުރުމަށް ސިޓީސް މިނިސްޓްރީ އާއި އެޗްޕީއޭ އިން މަޝްވަރާކޮށްފިއެވެ. އެޗްޕީއޭ އިން މައުލޫމާތު ދިންގޮތުގައި މިއީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅުގެ ތެރޭގައި ހިމެނޭ ދުންފަތުގެ އިސްތިޢުމާލުކުރުން މަދުކުރުމަށް، މުޖުތަމަޢު ހޭލުންތެރިކޮށް، ތަންފީޒުކުރުމުގައި ސިޓީ ކައުންސިލުތަކާއި، އަތޮޅު ކައުންސިލުތަކާއި އަދި ރަށު ކައުންސިލްތަކުގެ ދައުރު އިތުރުކުރުމަށް ކުރެވިދާނެ ކަންކަމާ މެދު މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ. ދުންފަތުގެ އިސްތިޢުމާލުކުރަމުން އަންނަ ފަރާތްތައް މަދުކޮށް، ދުންފަތުގެ ނުރައްކަލުން ދިވެހި ރައްޔިތުން ސަލާމަތްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޚާއްޞަ ވަޢުފުޅުތަކުގެ ތެރޭގައި ހިމެނޭ ވަޢުދުފުޅެވެ. މިނިސްޓަރ އޮފް ސްޓޭޓް މުޙައްމަދު ރަފީޤް އިސްކޮށްހުންނަވާ ބޭއްވި މި ބައްދަލުވުމުގައި އެކްޓިންގ ޕާމަނަންޓް ސެކްރެޓަރީއާއި މި މިނިސްޓްރީގެ ބައެއް ވެރިން ބައިވެރިވަޑައިގެންނެވިއެވެ. މި ސަރުކާރުން އަންނަނީ ރާއްޖޭގެ ރައްޔިތުންގެ ދުޅަހެޔޮކަމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު