އާދިއްތަ, November 15
ހުޅުމާލޭގައި ނޭޕާލް އަންހެނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފި

ހުޅުމާލޭގައި ނޭޕާލް އަންހެނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.

ފުލުހުން ބުނީ ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވާ މީހަކު ހުޅުމާލޭ ހޮސްޕިޓަލަށް ގެނެސްފައިވާކަމުގެ މަޢުލޫމާތު މިއަދު 12:45 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މާރާމާރީގައި ނިޔާވެފައިވަނީ ހުޅުމާލޭ ފޭސް 1 ގައި ހުންނަ ފިހާރައެއްގައި މަސައްކަތްކުރާ ނޭޕާލަށް ނިސްބަތްވާ 21 އަހަރުގެ އަންހެނަކަށް ކަމަށެވެ.

މި މައްސަލައާ ގުޅޭ އިތުރު ތަފްޞީލެއް އަދި ހާމަކޮށްފައި ނުވާއިރު، މި މައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމުގައި ފުލުހުން ބުންޏެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު