Tuesday, October 13
ޒިންމާދާރު ގޮތެއްގައި ބައިނަލްއަޤްވާމީ މައިދާނުގައި އޭއައި ތަންފީޒުކުރުމަށް ރާއްޖެއިން ގޮވާލައިފި

އާޓިފިޝަލް އިންޓެލިޖެންސް އާއި ބައިނަލްއަޤްވާމީ ސުލްހަލަމަލަސަސް ކަމާއިގުޅޭގޮތުން އ.ދ. ގެ ސަލާމަތީ މަޖިލީހުގައި މިއަދު ބޭއްވި ހައި ލެވެލް އޯޕަން ޑިބޭޓް އޮން އާޓިފިޝަލް އިންޓެލިޖެންސް އެންޑް އިންޓަރނޭޝަނަލް ޕީސް އެންޑް ސެކިއުރިޓީގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. ޢަބްދުالله ޚަލީލް ތަޤުރީރުކުރައްވައިފިއެވެ.

ކޮރެއާގެ އިސްނެންގެވުމުގެ ދަށުން ބޭއްވުނު މި ބަހުސްގައި، ބައިނަލްއަޤްވާމީ ސުލްހައާއި ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި އާޓިފިޝަލް އިންޓެލިޖެންސްގެ ބޭނުންތެރިކަމާއި، އަސަރުތަކާއި، ޒިންމާދާރު ގޮތުގައި ބޭނުންކުރުމުގެ މައްޗަށް އަލިއަޅުވާލެވުނެވެ.

އާޓިފިޝަލް އިންޓެލިޖެންސް އަކީ ދުނިޔޭގެ ބާރުގެ ބެލެންސަށް އަންނަ ބަދަލުތައް ރަމްޒުކޮށްދޭ ކަމެއް ކަމަށާއި އާޓިފިޝަލް އިންޓެލިޖެންސް މެދުވެރިކޮށް މައުލޫމާތު ޕްރޮސެސް ކުރުމުގެ ގާބިލްކަން އެންމެ ކުދި ގައުމުތަކަށް ވެސް ފޯރުކޮށްދެވޭނެ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި އާޓިފިޝަލް އިންޓެލިޖެންސްގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމާއި، ތައުލީމާއި، ސިއްހީ ދާއިރާ އަދި އިގްތިސާދީ ދާއިރާ އިތުރަށް ފުޅާކުރުމުގެ ގާބިލްކަން ހުރިކަން ފާހަގަކުރެއްވިއެވެ. އޭގެ ސަބަބުން ނާޖާއިޒު ފައިދާ ނެގުމުގެ ނުރައްކާ ބޮޑުވުމާއި، ސަވައިލެންސް ކުރުމާއި، އަނިޔާވެރިވުމާއި، ހަނގުރާމަތައް އިތުރުވުން ފަދަ ކަންކަމާ މެދު ސަމާލުވުމަށް މިނިސްޓަރ ގޮވާލެއްވިއެވެ.

ހަމަމިއާއެކު ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގައި އާޓިފިޝަލް އިންޓެލިޖެންސަކީ އެ ގައުމުތަކުގެ ދެމިއޮތުމާއި ކާމިޔާބީ އަށް ކޮންމެހެން ބޭނުންތެރި ވަސީލަތެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ . ދިވެހިރާއްޖޭގެ ޤައުމީ ޑިޖިޓަލް ޓްރާންސްފޯމޭޝަން ސްޓްރެޓެޖީ، މޯލްޑިވްސް 2.0 ގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، އީޖާދީ އަދި ތަރައްޤީގެ މައި ތަނބުގެ ގޮތުގައި ރައްޔިތުން އިސްކުރުމަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ.

މިނިސްޓަރ ގެ ތަޤުރީރު ނިންމާލެއްވީ އާޓިފިޝަލް އިންޓެލިޖެންސަކީ ޞުލްޙަވެރިކަމާއި، ޢަދުލުވެރިކަމާއި، އިންސާނީ ކަރާމާތަށް ބާރުއަޅާ ވަސީލަތެއްގެ ގޮތުގައި ބޭނުންކުރުމަށް މެންބަރު ޤައުމުތަކަށް ގޮވާލަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު