Saturday, October 31
ވިލިމާލޭ ގެއަކުން ވައްކަންކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ވިލިމާލޭ ގެއަކުން ވައްކަންކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގދ. ތިނަދޫ / ދިލްބަހާރުގެ، އަޙްމަދު ނިއުޝަމް (36އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ހުޅުމާލެ ފޭސް 1 ސެންޓްރަލް ޕާކުންނެވެ.

މިގޮތުން ހުޅުމާލެ ފޭސް 1 ގެ ފުލުހުން މިއަދު ހެނދުނު ޕެޓްރޯލުކުރަމުން ދިޔައިރު އޭނާގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައިފާސްކުރިއިރު އޭނާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ 7000 އަށް ވުރެ ގިނަ ދިވެހި ރުފިޔާއާއި 100 ޑޮލަރާއި އެކި ގައުމުތަކުގެ ފައިސާގެ އިތުރުން މޯބައިލް ފޯނަކާއި އެހެނިހެން ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި ތަކެއްޗަކީ މިއަދު ފަތިހުގެ ވަގުތެއްގައި ވިލިމާލޭ ގެއަކުން އޭނާ ވަގަށް ނަގާފައިވާ ތަކެތިކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.

ފުލުހުން ބުނީ ވިލިމާލޭ ގެއަކުން ފައިސާތަކަކާއި، މޯބައިލް ފޯނަކާއި އެހެނިހެން ތަކެތި ވަގަށް ނަގާފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ފަތިހު 5:39 ހާއިރު ކަމަށެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު